Saturday, November 21
މާރާމާރީގެ ތިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މާލޭގައި މާރާމާރީ ހިންގި ތިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު، މުނިޔާމަގު ދިރިޕަބްލިކް ކެފޭ ތެރެއަށް ވަދެ މާރާމީރީ ހިންގި މައްސަލަ 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، 06 މީހަކު ސައިކަލުގައި އައިސް, ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއްވެސް 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި، ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓުވެސް 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ރޭ ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ތިން މައްސަލަވެސް މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، 2024 ޑިސެންބަރު 12 ވަނަ ދުވަހު ހުށަހެޅުނު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި، ތަޙުޤީޤު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފްޞީލް ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު