Saturday, October 31
އެނދި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގޭގައި ފަށައިފި

މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެނދި ތިން މިނިސްޓްރީ ކަމަށްވާ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަސައްކަތްތައް ދަރުބާރުގޭގައި ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާގައި މި ތިން މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. މިކަމާ ގުޅިގެން މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއެކު، އެނދި ތިން މިނިސްޓްރީގެ ޚިދުމަތްތައް އަލުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރެވި، މިއަދު ވަނީ ޚިދުމަތްތައް އަލުން ފެށިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުކުރު ދުވަހުގެ ރޭ ދަރުބާރުގެއަށް ވަޑައިގެން، ވުޒާރާތަކުގެ ޚިދުމަތްތައް އާދީއްތަ ދުވަހު ފެށުމަށް ވަމުންދިޔަ ތައްޔާރީތައް ބައްލަވާލައްވައި އިރުޝާދުދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު