އާދިއްތަ, November 1
ދަނގެއްޗަށް ކަލްޗަރަލް ސެންޓަރަކާއި ޑޮލަރު އޭޓީއެމްއެއް

އދ.ދަނގެތީގައި ކަލްޗަރަލް ސެންޓަރ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށާއި، ޑޮލަރު އޭޓީއެމްއެއް ގާއިމުކުރުމުގެ ކަންކަން ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދަނގެތި ކައުންސިލާއި، އަންހެނުންގ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަނގެތި ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ
ބަނދަރުގެ އެކްސްޓެންޝަން މަޝްރޫއުގައި ހުރި ކަންބޮޑުވުންތައް ވަރަށް ތަފުސީލީ ގޮތެއްގައި ރައީސާ ހިއްސާ ކުރައްވާފައެވެ.

މީގެއިތުރުން ރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫއުއް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާ ކަމަށާއި، ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާ ކަމަށާއި، ޑޮލަރު އޭޓީއެމްއެއް ރަށަށް ބޭނުންވާ ކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ދަނގެތީގައި ކަލްޗަރަލް ސެންޓަރ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިއަށްގެންދާނެ ކަމުގައި ވިދާޅުވެފަވެ. އަދި ޑޮލަރު އޭޓީއެމްގެ ކަންކަން ބައްލަވައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު