Saturday, October 31
އިޒްރޭލުން ޣައްޒާގެ ނުސައިރަތު ކޭމްޕަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިޒްރޭލު ސިފައިން ޣައްޒާގެ އަލް ނުސައިރަތު ކޭމްޕަށް ދިން ބޮމުގެ ހަމަލާގައި ކުށެއް ނެތް އެތައް އާންމުންނެއް މަރައިލި ހާދިސާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޣައްޒާގެ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކޮށް، ބައިނަލްއަގުވާމީ މުޖުތަމައުގެ އަވަސް، ހަރުދަނާ ފިޔަވަޅުތަކާއެކު، އެ ކަންކަން ހުއްޓުވަންޖެހޭ ކަމަށް ބުނެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ހަރުކަށި ހަމަލާތައް ހުއްޓުވައި، ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލާ ގޮވައިލުން ތަކުރާރުކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުން އަދުލުއިންސާފާއި ދައުލަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު