އާދިއްތަ, November 1
އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް ރައީސް ޑރ.މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެ

މިއަދު ބޭއްވި ހދ.ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ތިން މެންބަރަކު ހޮވުމަށް ބޭއްވި ބޭއްވި ބައި-އިލެކްޝަނުގައި އެމްޑީޕީގެ ތިން ކެންޑިޑޭޓުންނާ ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ތިން ކެންޑިޑޭޓުންނެވެ.

މިކަމާ ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ތިން ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ބޭފުޅުންނަށާއި، ވޯޓުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަގުތީ ނަތީޖާ:

  • ކެންޑިޑޭޓު ނަންބަރު 1 - ފާޠިމަތު ނާފިޡާ އިސްމާޢީލް، ވީނަސް / ހދ. ކުރިނބި، (ޕީއެންސީ) : ލިބުނު ވޯޓުގެ އަދަދަކީ 165
  • ކެންޑިޑޭޓު ނަންބަރު 2 - ފާޠިމަތު ޝައިނާ، ހަވާސާ / ހދ. ކުރިނބި، (އެމްޑީޕީ) : ލިބުނު ވޯޓުގެ އަދަދަކީ 124
  • ކެންޑިޑޭޓު ނަންބަރު 3 - އިނާސާ އާދަމް، ދޫގަސް / ހދ. ކުރިނބި، (ޕީއެންސީ) : ލިބުނު ވޯޓުގެ އަދަދަކީ 163
  • ކެންޑިޑޭޓު ނަންބަރު 4 -  ރާނިޔާ މުޙައްމަދު، ފަލަކު / ހދ. ކުރިނބި، (ޕީއެންސީ) : ލިބުނު ވޯޓުގެ އަދަދަކީ 164
  • ކެންޑިޑޭޓު ނަންބަރު 5 - އިފާޤާ އާދަމް، ފެންފިޔާޒުގެ / ހދ. ކުރިނބި، (އެމްޑީޕީ) : ލިބުނު ވޯޓުގެ އަދަދަކީ 153
  • ކެންޑިޑޭޓު ނަންބަރު 6 - ފިރާޝާ ޢަލީ، ކަނީރުމާގެ / ހދ. ކުރިނބި، (އެމްޑީޕީ) : ލިބުނު ވޯޓުގެ އަދަދަކީ 127

558 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު މި އިންތިޚާބުގައި ވޯޓުލުމަށް ދެ ފޮށި ބެހެއްޓިއެވެ.

އޭގެތެރެއިން ކުރިނބީ ސްކޫލް ހޯލުގައި ބެހެއްޓި ފޮށްޓަށް 261 މީހުން ވޯޓުލާފައިވާއިރު، މާލެ ސިޓީގެ ދަރުމަވަންތަ ސްކޫލްގައި ބެހެއްޓި ފޮށްޓަށް ވޯޓުލާފައިވަނީ 66 މީހުންނެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު