އާދިއްތަ, November 1
ސްޓެލްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އާދާކޮށްފި

އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް އެ ކުންފުނިން ޝުކުރު އާދާކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޚިދުމަތް މެދުކެނޑިފައިވާ ތިން މިނިސްޓްރީގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި، ދަރުބާރުގޭގައި ދަނީ ކަރަންޓުގެ މަސައްކަތްތަށް ކުރެވެމުން ކަމަށެވެ.

އަދި ކަރަންޓާ ގުޅުންހުރި އެންމެހައި މަސައްކަތްތަކާއި، އެހެނިހެން ދާއިރާތަކުން އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުން ދެއްވަމުންގެންދަވާ އެހީތެރިކަމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.

"މި ކުންފުނީގެ މުވައްޒަފުންނަކީ ޤައުމަށާއި ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމަކީ ޤައުމީ ޒިންމާއެއްގެ ގޮތުގައި ދެކި، ނަމޫނާ ދައްކަމުންދާ ފަޚުރުވެރި މުވައްޒަފުންތަކެއް." ސްޓެލްކޯއިން ބުނެފައި ވެއެވެ.

https://twitter.com/STELCOMALDIVES/status/1867841869721612465

މި މަހުގެ 12 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

މި ތިން މިނިސްޓްރީގެ މަސައްކަތްތައް ވެސް އަލުން ފެށުމަށްޓަކައި ދަރުބާރުގޭގައި ވަގުތީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައި ކަމަށާއި އަދި ވީހާވެސް އަވަހަކަށް އާންމު ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތްތައް ކުރިއަށްދާކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު