Saturday, October 31
އާލިފާން ރޯވި ސަރަހައްދުގައިވާ ކުނިތައް ނަގާ ސާފު ކުރަން ފަށައިފި

އާލިފާން ރޯވި ސަރަހައްދުގައިވާ ކުނިތައް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް އިން ކުރަން ފަށައިފިއެވެ.

މިނިސްޓްރ އޮފް ސިޓީސް އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ކުނިތައް ނަގައި، ބިން ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ކުރަން ފަށައިފި ކަމަށެވެ.

އަދި މިހާރު ބަންދުކުރެވިފައިވާ އަމީނީ މަގު މާދަމާ ހުޅުވާލެވޭވަރު ވާނެކަމަށް ފަލާކުރެވޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

https://twitter.com/Adamshareefz/status/1867810720446075040

މި މަހުގެ 12 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

އަދި އެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ހިންގަމުން އަންނަ އިމާރާތެވެ.

މި ތިން މިނިސްޓްރީގެ މަސައްކަތްތައް ވެސް އަލުން ފެށުމަށްޓަކައި ދަރުބާރުގޭގައި ވަގުތީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައި ކަމަށާއި އަދި ވީހާވެސް އަވަހަކަށް އާންމު ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތްތައް ކުރިއަށްދާކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު