ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
މިގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ ރޭ ދަރުބާރުގެއަށް ވަޑައިގެން، ވުޒާރާތަކުގެ ޚިދުމަތްތައް އާދީއްތަ ދުވަހު ފެށުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައި އިރުޝާދުދެއްވައިފައެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިނގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ވުޒާރާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެކަމުގެ ސަބަބުން މި ވުޒާރާތަކުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރައިފައެވެ.
މި ހާދިސާގައި އެއްވެސް ވުޒާރާއެއްގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން