މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 06:45 އިން 11:30 އަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. އަދި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މިއަދު 06:30 އިން 11:30 އަށް ފުވައްމުލައް ސިޓީން އައްޑޫ ސިޓީއާ ދެމެދަށްވެސް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވެއެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަދިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެއެވެ.
މި ލިޔުން ކިޔާލުމުން