އާދިއްތަ, November 1
ސީސީޓީވީ ފުޓޭޖް: ކާރުގައި އަލިފާން ރޯކޮށްލާފައި ދުވެފައިދާ ތަން ފެނޭ

ކާރެއްގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ކާރުގައި އަލިފާން ރޯކޮށްލުމަށްފަހު ދުވެފައިދާ ތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

ބުރުޒު މަގު، ސިނަމާލޭ 01 ޕާކިންގ ޒޯނުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލީ ނޮވެމްބަރު 25 ވަނަ ދުވަހުގެ 18:25 ހާއިރުއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ.އަރާރަތްކުރި ޚާލިދު މަޙްމޫދޫ (35 އ) އާއި، ބުލޫވިންޑް، އދ.މާމިގިލި ޙަސަން ނަސީމް (31 އ) އެވެ.

މި މައްސަލާގައި އެ ދެ މީހުންގެ ބަންދަށް ފުރަތަމަ ދިން މުއްދަތު ހަމަވުމާއެކު މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

އިތުރު 15 ދުވަހަށް އެ ދެ މީހުން ބަންދުކުރަން އަމުރުކޮށް، ކޯޓުން ނެރުނު އަމުރުތަކުގައި ބުނެފައިވަނީ ކާރުގައި ރޯކޮށްލިކަމުގެ ތުހުމަތު ކުރެވޭއިރު، މިއީ ދެބައެއްގެ ދެމެދުގައި ހިނގައިދިޔަ ދެބަސްވުންތަކާ ގުޅިގެން ކުރިކަމެއް ކަމަށް ބެލެވޭ
ކަމަށެވެ.

ދެ މީހަކު ވެގެން ކާރުގައި ރޯކޮށްލާ މަންޒަރާއި، ރޯކޮށްލުމަށްފަހު ދުވެފައިދާ ތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި، އެ ދެ މީހުން ފެނުނުކަން ފުލުހުން އައިޑެންޓިފައިކޮށްދީފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި އަލިފާނުގެ ސަބަބުން ބޭނުން ނުކުރެވޭ ވަަރަށް ކާރު ހަލާކުވެފައިވާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު