އާދިއްތަ, November 1
ޑރ. ފަޒީލުގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސަށް އަރުވައިފި

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް މިއަދު އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވީ ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސަފީރު ފަޒީލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާގެ ރައީސާއި، ޗައިނާގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވާފައެވެ.

ޗައިނާގެ ރައީސް ވަނީ ޑރ. ފަޒީލް ޗައިނާ ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޑރ. ފަޒީލް އަރިހުގައި އަނބިކަނބަލުން އާމިނަތު ފަރީޝާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. ފަޒީލަކީ ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފަސްވަނަ ސަފީރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު