އާދިއްތަ, November 1
ކަނޑުގަދަވެ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ވައި ބާރުވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް ސަރަަހައްދުތަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި އެވެ.

އެގޮތުން މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ވަނީ މިރޭ 7:00 އިން 1:00 އާއި ހަމައަށް ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުގަކުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

https://twitter.com/MetMaldives/status/1867567086131929216

މެޓް އޮފީހުން މާދަމާގެ މޫސުން ލަފާ ކޮށް ބުނީ، ހެނދުނު 6:00 އާއި ހަމައަށް ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި، އަދި މެދު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާފާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

މެޓުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެނިހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ރާއްޖޭގެ ދެކުނު ގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު