އާދިއްތަ, November 1
ކުރިނބީ އަންހެނުންގެ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުން މާދަމާ

ހދ.ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން މާދަމާ އޮންނާނެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ 3 މެންބަރުންނެވެ.

އެގޮތުން މެންބަރުކަމަށް ޖުމްލަ 6 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 3 ކެންޑިޑޭޓުންނާއި، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 3 ކެންޑިޑޭޓުންނެވެ.

ކެންޑިޑޭޓުންގެ ނަންތައް:

  • ކެންޑިޑޭޓު ނަންބަރު 1 - ފާޠިމަތު ނާފިޡާ އިސްމާޢީލް، ވީނަސް / ހދ. ކުރިނބި، (ޕީއެންސީ)
  • ކެންޑިޑޭޓު ނަންބަރު 2 - ފާޠިމަތު ޝައިނާ، ހަވާސާ / ހދ. ކުރިނބި، (އެމްޑީޕީ)
  • ކެންޑިޑޭޓު ނަންބަރު 3 - އިނާސާ އާދަމް، ދޫގަސް / ހދ. ކުރިނބި، (ޕީއެންސީ)
  • ކެންޑިޑޭޓު ނަންބަރު 4 -  ރާނިޔާ މުޙައްމަދު، ފަލަކު / ހދ. ކުރިނބި، (ޕީއެންސީ)
  • ކެންޑިޑޭޓު ނަންބަރު 5 - އިފާޤާ އާދަމް، ފެންފިޔާޒުގެ / ހދ. ކުރިނބި، (އެމްޑީޕީ)
  • ކެންޑިޑޭޓު ނަންބަރު 6 - ފިރާޝާ ޢަލީ، ކަނީރުމާގެ / ހދ. ކުރިނބި، (އެމްޑީޕީ)

މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ ދެ ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއިން އެއް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުރިނބީ ސްކޫލް ހޯލުގައެވެ. އަނެއް ފޮށި ބަހައްޓާނީ މާލެ ސިޓީގެ ދަރުމަވަންތަ ސްކޫލް ލައިބްރަރީ ހޯލުގައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 558 މީހުންނަށެވެ. އެއީ ކުރިނބީގައި ބަހައްޓާ ފޮށްޓަށް 402 މީހުންނަށާއި، މާލޭގައި ބަހައްޓާ ފޮށްޓަށް 156 މީހުންނަށެވެ.

ވޯޓުލުން ކުރިޔަށް ދާނީ ހެނދުނު 08:00 އިން ފެށިގެން، ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު