މޫސުން ގޯސްވުމުގެ ސަބަބުން ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް ސަރަަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން އިން ހުދު ސަމާލު ނެރެފައި ވަނީ ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:00ން ފެށިގެން މިއަދު އިރުއޮއްސި 6:00 ގެ ނިޔަަލަށެވެ.
މެޓުން ބުނެފައި ވަނީ، އެ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
https://twitter.com/MetMaldives/status/1867456566318051636
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ނިކުތުމުގެ ކުރިން، ދުރާލާ މޫސުން އޮތްގޮތް ބެލުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.






