Saturday, November 14
ދުންފަތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ދުޅަހެޔޮ މުޖުތަމައެއް އޮންނާނެ - ހެލްތު މިނިސްޓަރ

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވާނީ ދިވެހިރާއްޖޭގެ މުޖުތަމައު އަކީ ދޮޅަހެޔޮ މުޖުތަމަޢެއްގެ ގޮތުގައި އޮތުމަށް މަގުފަހިވުން ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް އިބްރާމް ވިދާޅުވެއްޖެ އެވެ.

އުނގޫފާރު ރިޖަނަލް ހޮސްޕިޓަލްގައި އެމް.އާރު.އައި ގެ ޚިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވީ ވޭޕްމަނާ ކުރުމާއި ދުންފަތާ ދުރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ރައްޔިތުން ބޭނުންވެގެން އަޅާފިޔަވަޅުތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން އެއްކަމަކަށް އެއްބަސްވާނަމަ އެއްބަސްވާނެ އެއްކަންތައް ކަމަށެވެ.

ހަމައެހެންމެ ދުންފަތާ ދުރުވުމަށް އެހީވުމަށް "ޓޮބޭކޯ ސިޒޭޝަން ކްލިނިކް"މުޅި ރާއްޖޭގައި ހިންގުމަކީ ކުޑަކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމް ވަރުގަދަކޮށް އެ ނިޒާމަށް މީހުން ހޭލުންތެރިކުރުމަށް ފަށާ މަސައްކަތަކީ ދުޅަހެޔޮ މުޖުތަމައުއެއް އޮތުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

ގިނަ ޑޮކްޓަރުން ތިބުމަކީ ޞިއްޙީ ނިޒާމްގެ މުޅި ހައްލު ނޫން ކަން އެއީ ދުނިޔެ ދައްކަމުންދާ ޙަގީގަތް ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ ޞިއްޙީ ނިޒާމް ބައްޓަން ކުރެވިފައި ހުރީ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ދޭ ސަމާލުކަން އިތުރުކޮށް ހަމައެއާއެކު ބޭސްފަރުވާ ކުރަން ޖެހޭ ހާލަތުގައި ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމް ތަންފީޒު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ އާސަންދަ ނިޒާމް ހަރުދަނާކޮށް އެ ނިޒާމުން އެންމެ ރަނގަޅު ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު