Saturday, November 14
އުނގޫފާރު ހޮސްޕިޓަލުގައި އެމް.އާރު.އައި ގެ ޚިދުމަތް ދޭން ފަށައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ދެއްވައިފި އެވެ.

މިނިސްޓަރ މި ޔަޤީންކަން ދެއްވީ އުނގޫފާރު ރިޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެނަވަރަށް ބަދަލުކުރެއްވުމަކީ ރައިސުލްޖުމުހޫރިއްޔާގެ ވައުދެއްކަމަށެވެ. މީގެ އިތުރުން އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލު ކުރަން ރައްޔިތުންވެސް ބޭނުންވެފައިކަން ޔަޤީންވާކަމަށް މިނިސްޓަރު ނާޡިމް ވިދާޅުވި އެވެ.

އުނފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތު މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލަވައި އެކަން ބާރު ސުޕީޑުގައި ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުގައި އެމް.އާރު.އައި ގެ ހިދުމަތްދޭން ފެށުމަކީ ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމް.އާރު.އައި ގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު