Saturday, October 31
ގެއްލިގެން އެ ދިޔައީ މުވައްޒަފުންގެ ދެވަނަ ގެ: ޑރ. މުއްޠަލިބު
މިއަދުގެ އަލިފާނުގެ ހާދިސާގައި ގެއްލިގެން ދިޔައީ މުވައްޒަފުންގެ ދެވަނަ ގެ ކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެ ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. މުއްޠަލިބު ވިދާޅުވީ، 2008 ވަނަ އަހަރު ކޮންސްޓްރަކްޝަން މިނިސްޓްރީ ބަދަލުކުރުމަށް ވަގުތީ އޮފީސް އިމާރާތެއްގެ ގޮތުގައި ބިނާކުރި ޓިނު ބިލްޑިންގ ވެގެން ދިޔައީ ދާއިމީ އޮފީހަކަށް އަދި އެ ވުޒާރާގެ މުވައްޒަފުންގެ ދެވަނަ ގެއަށް ކަމަށެވެ.   މީގެ އިތުރުން، އާދައިގެ އަދި އެންމެ ރަނގަޅު ހާލަތެއްގައި ހުރި ތަނެއް ކަމުގައި ނުވިނަމަވެސް، އެ އިމާރާތަކީ އެތަނުގައި މަސައްކަތްކުރި އެންމެންނަށްވެސް ވަރަށް ޚާއްޞަ ތަނެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. އެތަނުގައި ހުރި ހުރިހާ އެއްޗަކާއެކު އިމާރާތް މިއަދު ގެއްލިގެން ގޮސްފައިވާ ކަމަށާއި، އެކަމާމެދު ވަރަށް ހިތްދަތިވެފައިވާ ކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ. އަދި، އެންމެންގެ ހެޔޮއެދުންތަކާއި ދުޢާތަކަށް ޝުކުރުވެރިވާ ކަމަށްވެސް އެ ޕޯސްޓުގައި ވަޒީރު ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު