Saturday, October 31
އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި އެވޯޑު ޙަފުލާ ފަސްކޮށްފި

މިއަދު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި އެވޯޑު ޙަފުލާ ފަސްކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޑިސެންބަރު 15 ވާ އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ރެހެންދި އެވޯޑު ޙަފުލާ ފަސްކުރެވިފައިވާ ކަމަށެވެ. އަދި، މި ޙަފުލާއަށް ދަޢުވަތު އެރުވިފައިވާ ފަރާތްތަކަށް ޙަފުލާ ބާއްވާނެ ދުވަހެއް ފަހުން ހިއްސާކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަލިފާން ރޯވުމުގެ ސަބަބުން މުޅި މާލެ ތެރެއަށް ދުމުގެ އަސަރު ވަނީކޮށްފަ އެވެ.

އަދިވެސް ދުމުގެ އަސަރު ކުރަމުންދާތީ އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުން މިހާރު ވަނީ މީހުން ބަދަލުކޮށްފައެވެ.

މި އަލިފާންގަނޑު ރޯވާން މެދުވެރިވީ ސަބަބެއް އަދި ނޭނގެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު