އާދިއްތަ, November 1
މުހަންމާ އާއި މުޢާޒް އާއި މެދު ޝަކުވާއެއް އޮތްތޯ ބަލަނީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަން ހުށަހަޅުއްވާފައިވާ ދެބޭފުޅުންނާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވެފައިވާތީ ރައީސް އޮފީހުން ކުރި އިޢުލާނާ ގުޅިގެން, ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 12 ބޭފުޅަކު ވަނީ ޝަރުތު ހަމަވެފައެވެ.

އެ ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަމެއް ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޢަލީ އައްޔަންކުރެއްވުމަށެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒު އިސްކަންދެއްވާ ތަރުތީބު ހާމަކުރައްވައި ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމުގައި އިއްވައި، އެ ނަންތައް ދިރާސާކުރުމަށްޓަކައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ރައީސް ހުށަހެޅުއްވި ނަންތައް ތަރުތީބުން:

މުޙައްމަދު ޢަބްދުﷲ (މުހަންމާ). އުސްއަކުރުގެ/ހއ.އިހަވަންދޫ

އިބްރާހިމް މުޢާޒު ޢަލީ. ހަޒާރުމާގެ/ނ.ފޮއްދޫ

އިބްރާހިމް އަޝްރަފް. ވ.މަށިވެލި

ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް ޒުބައިރު އަޙްމަދު މަނިކު. ގ.މަލްވިނަ

ޢަބްދުﷲ ހުމައިދު ފަޒާ. ޅ.ހިންނަވަރު

ޢާއިޝަތު ދިޔާނާ ޠާހިރު. ސެވަން ސްޓާ/ސ.ހިތަދޫ

އާމިނަތު ސަރާހަތު ޢިއްޒަތު. ގ.ގޮފި

ޝިމްލާ އަޙްމަދު އާސްޓްރަލްގެ. ސ.ހިތަދޫ

އިސްމާޢީލް ޝަފީޤް. މ.ސްލީޓް

ޝިފްޒާ މުސްޠަފާ. މާދަނޑު، އާސާނު، ޏ.ފުވައްމުލައް

ޢަލީ ނިޝާން. ގ.ކޫލް ގްރާސް މުޙައްމަދު ޝަމީމް. ހ.ޕްރިޓީވިލާ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ އެ ބޭފުޅުންނާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ހުޅުވާލައިފައެވެ. ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް، އެ ޝަކުވާއެއް ލިޔުމުން ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އީމެއިލް އެޑްރެސް indep.institutions_committee@majlis.gov.mv އަށް ނުވަތަ މަޖިލީހުގެ އިދާރާއަށެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވީ ގ.ހިލްމަން، މަރްޔަމް ވަޙީދާއާއި، ޅ.ހިންނަވަރު، ބާރަނާ، ޢަލީ ޔޫސުފްގެ މެންބަރުކަމުގެ ދައުރު މި މަހުގެ ފަސްވަނަ ދުވަހު ހަމަވުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު