Saturday, November 14
ކެފޭއަކަށް ބަޔަކު ވަދެ، ގެއްލުން ދިން މައްސަލައެއް ބަލަނީ

މާލޭގައި ކެފޭއަކަށް މިއަދު ބަޔަކު ވަދެ، އެތަނުގައި ތިބި މީހުންނަށް އިންޒާރުދީ، ތަކެއްޗަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިއަދު މެންދުރު ހިނގިކަމަށް ބެލެވޭ ހާދިސާއާ ގުޅުން ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ މީހަކު އެތަނުގައި ހުންނަ ބައެއް ތަކެއްޗަށް ގެއްލުން ދޭ މަންޒަރެވެ. މީގެ އިތުރުން އެ މަންޒަރު ވީޑިއޯ ކުރަން އިން މީހަކަށް އިންޒާރު ދޭ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީމި ހާދިސާ ތަހްޤީގުކުރަމުންދާ ކަމަށާއި، މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

މިއީ ކޮންކެފޭ އެއް ކަމާއި ، މި ހާދިސާއާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު