އާދިއްތަ, November 1
ފޮޓޯ: މިހާރު

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަސްވެރިންގެ ދުވަހުގެ ހާއްސަ ހަފްލާ ފަސްކޮށްފިއެވެ.

މިކަމާއި ގުޅިގެން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި، ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ހަފްލާ ވަނީ ފަސް ކުރެވިފަ ކަމަށެވެ.

އަދި މި ހަފްލާއަށް ދައުވަތު އެރުވިފައިވާ ފަރާތްތަކަށް ހަފްލާ ބާއްވާނެ ދުވަހެއް ހިއްސާ ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަލިފާން ރޯވުމުގެ ސަބަބުން މުޅި މާލެ ތެރެއަށް ދުމުގެ އަސަރު ވަނީކޮށްފަ އެވެ.

އަދިވެސް ދުމުގެ އަސަރު ކުރަމުންދާތީ އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުން މިހާރު ވަނީ މީހުން ބަދަލުކޮށްފައެވެ.

މި އަލިފާންގަނޑު ރޯވާން މެދުވެރިވީ ސަބަބެއް އަދި ނޭނގެ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު