އާދިއްތަ, November 1
ފޮޓޯ: ސަން

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ، އަދި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ރޯވި އަލިފާން މުޅިން ކޮންޓްރޯލް ކުރެވިއްޖެެ އެވެ.

މިއަދު ހެނދުނު ގޮދޮރުވެރިކަމާއި ބެހޭ ވުޒާރާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު މެނދުރުފަހަށް އައިރު ވަނީ ބޮޑުބައި ކޮންޓްރޯލް ކުރެވިފައެވެ.

މައޫލޫމާތު ލިބޭގޮތުގައި މިހާރު އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް މިހާރުވެސް އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާރު އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް އިމަރާތުގެ އެތެރޭގައި އަލިފާނުގެ އަސަރު އަދިވެސް ހުރިކަމަށާއި، އަދި މިހާރު ކުރަމުންދަނީ އަލިފާން އެއްކޮށް ނިއްވާލުވުމުގެ މަސައްކަތް ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

އަދި އެ މަސައްކަތް މިރޭ ދަންވަންދެންވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށާއި އަދި މިވަގުތުވެސް އަޑީގައި އަލިފާން ހުރުމުން ދުން އަރަމުންދާކަން އެމްއެންޑީއެފްއިން ފާހަގަކުރިއެވެ.

މި އަލިފާންގަނޑު ރޯވާން މެދުވެރިވީ ސަބަބެއް އަދި ނޭނގެ އެވެ.

އަދި މިހާދިސާގައި އެއްވެސް ވުޒަރާރާއެއް އަދި އިދާރާއެއްގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާ ކަމަށް އެއިދާރާތަކުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު