Saturday, November 14
މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ކަދުރުން ބައެއް ދޭނެ-އިސްލާމިކް މިނިސްޓަރ

ސަޢޫދީ ސަރުކާރުން ކޮންމެ މިއަހަރުގެ ރަމަޟާން މަހަށް ހަދިޔާކުރި ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕޮރޮގްރާމް ހިންގަން ބޭނުންވާ ޖަމްޢިއްޔާތަކަށް ވެސް ކަދުރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ އަހަރަކު ސައޫދީ ސަރުކާރުން ރަމަޟާން މަހާދިމާކޮށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު މިއަހަރުވެސް ލިބިފައިވާކަމަށެވެ.

މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ވިދާޅުވީ ކަދުރު ރަމަޟާން މަހުގެ ކުރިން ބަހާ ނިންމާނެކަމަށެވެ.

" ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ. މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ" ޝަހީމް ވިދާޅުވިއެވެ.

ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަސް ކަދުރު ހަދިޔާކުރެއެވެ. ކަދުރު ބެހުމުގައި އިސްކަންދެނީ ކޮންމެ ރަށެއްގައިވެސް ފަޤީރުންގެ ލިސްޓުގައި ދަފްތަރުވެފައިވާ ފަރާތްތަކަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު