އާދިއްތަ, November 1
އައު ރޭޓުގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ނަގަން ކުރަންޖެހޭ ކަންކަން ދުރާލައި ކުރުމަށް އެދިއްޖެ

އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ތައްޔާރުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އެދިއްޖެއެވެ.

މީރާއިން ނެރުނު ސަރކިއުލަރ އެއްގައި ބުނީ މުުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، 1 ޖުލައި 2025 އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް %17 އަށް ބަދަލުވާނެ ކަމަށެވެ. މި ގޮތުން އެ ތާރީޚުގެ ފަހުން، ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުއާމަލާތްތަކުން ޖީއެސްޓީ ނަގަންވާނީ އައު ރޭޓުގައި ކަމަށެވެ.

އެހެންކަމުން އެ ތާރީޚުން ފެށިގެން އައު ރޭޓުގައި ޖީއެސްޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން ވަނީ އެދިފައެވެ.

މީރާއިން ބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖުލައި 2025 ގެ 00:00 ގެ ކުރިން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ %16 ގެ ރޭޓުން ކަމަށެވެ. އަދި އެ ތާރީޚުގެ ފަހުން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަންވާނީ %17 ގެ ރޭޓުން ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ އެ ނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ 1 ޖުލައި 2025 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންނެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 1415 އަށް ގުޅުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު