އާދިއްތަ, November 1
މީރާގެ ބޯޑަށް ދަހާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ބޭފުޅަކު ހ.ކެރީބިއަން ދަހާ ޝުޢައިބު އައްޔަންކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގައި ދަހާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ވޯޓުންނެވެ.

ދަހާގެ އިތުރުން މީރާގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލެއްވީ އަސްރަފީ ހިޔާ/ލ.މާވަށް، އަޙްމަދު ފާއިޒާއި، މާލަމް/ރ.ހުޅުދުއްފާރު ޢަބްދުﷲ އިމްރާނާއި، ޝަބްނަމްގެ/ކ.ކާށިދޫ
މަޚްޒޫމް ސަލީމާއި، ދަފުތަރު ނަންބަރު ރސ 13462 އާމިނަތު ޢާފިޔާއެވެ.

މީރާގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އަޙްމަދު ސާޢިދު މުސްޠަފާއާއި، ޑެޕިއުޓީ ޗެއާޕާސަން ލީނާ މުޙައްމަދު ޒާހިރު ޙުސައިން އާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރާއި، ބޯޑުގެ މެންބަރު ޢާއިޝަތު އަޝާ ޢަލީއާއި، ބޯޑުގެ މެންބަރު މުމްތާޒު ޢަބްދުއްރަޝީދާއި، ބޯޑުގެ މެންބަރު ހުޝާމް ވަޙީދެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު