އާދިއްތަ, November 1
އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް އިން ބައިވެރިވެއްޖެ

ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން  އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އާއިލީ ހަވީރު ބޭއްވީ ހިއުމަންރައިޓްސް ކޮމިޝަނާއި އައްޑޫ ސިޓީގެ މުއައްސަސާތައް ގުޅިގެންކަމަށެވެ.

އައްޑޫ ސިޓީގެ ސިޓީ ސްކެއަރގައި ޑިސެންބަރު 11 ވަނަ ދުވަހު ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސްޓޯލެއް ވަނީ ބަހައްޓާފައެވެ.

އައިލީ ހަވީރުގެ ތެރެއިން
އައިލީ ހަވީރުގެ ތެރެއިން

މި އާއިލީ ހަވީރުގައި އެ ސްޓޯލުން ފޮޓޯ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ސްޓޯލަށް ގިނަ ބައެއްގެ ތަރުހީބުލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު