އާދިއްތަ, November 1
ބްރޯޑްކޮމްއަށް ދެ މެންބަރުން އައްޔަންކުރުމަށްޓަކައި 12 ބޭފުޅެއްގެ ނަން ފޮނުއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އެ ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ހުޅުވައިލުމުން އެކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަމާއި، އެ ބޭފުޅުންގެ މައުލޫމާތު ހިމަނުއްވައި، މެންބަރުކަމަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފައެވެ.

ރައީސް ހުށަހެޅުއްވި ނަންތައް ތަރުތީބުން:

މުޙައްމަދު ޢަބްދުﷲ (މުހަންމާ) އުސްއަކުރުގެ ހއ.އިހަވަންދޫ

އިބްރާހިމް މުޢާޒު ޢަލީ ހަޒާރުމާގެ ނ.ފޮއްދޫ

އިބްރާހިމް އަޝްރަފް ވ.މަށިވެލި

ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް ޒުބައިރު އަޙްމަދު މަނިކު ގ.މަލްވިނަ

ޢަބްދުﷲ ހުމައިދު ފަޒާ ޅ.ހިންނަވަރު

ޢާއިޝަތު ދިޔާނާ ޠާހިރު ސެވަން ސްޓާ ސ.ހިތަދޫ

އާމިނަތު ސަރާހަތު ޢިއްޒަތު ގ.ގޮފި

ޝިމްލާ އަޙްމަދު އާސްޓްރަލްގެ ސ.ހިތަދޫ

އިސްމާޢީލް ޝަފީޤް މ.ސްލީޓް

ޝިފްޒާ މުސްޠަފާ މާދަނޑު، އާސާނު، ޏ.ފުވައްމުލައް

ޢަލީ ނިޝާން ގ.ކޫލް ގްރާސް

މުޙައްމަދު ޝަމީމް ހ.ޕްރިޓީވިލާ

ރައީސްގެ ސިޓީ އިއްވުމާއެކު ރިޔާސަތުން ވަނީ މި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވީ ގ.ހިލްމަން، މަރްޔަމް ވަޙީދާއާއި، ޅ.ހިންނަވަރު، ބާރަނާ، ޢަލީ ޔޫސުފްގެ މެންބަރުކަމުގެ ދައުރު މި މަހުގެ ފަސްވަނަ ދުވަހު ހަމަވުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު