Tuesday, November 17
އަލިފާނުގެ ހާދިސާއާ ގުޅިގެން އިމަރޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމުކޮށްފި

މާލޭގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިމަރޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމުކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ގްރީން ބިލްޑިންގް ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނަގައިގެން އުޅޭތީ އެކަން އެއޮތޯރިޓީން ބަލަމުންދާ ކަމަށެވެ. އަދި، އިމަރޖެންސީ އިވެކުއޭޝަން ސެންޓަަރ އެއް މިވަގުތު ސޯޝަލް ސެންޓަރުގައި ޤާއިމުކޮށްފައިވާ ކަމަށާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައި ނުވަތަ އިވެކުއޭޝަން ސެންޓަރަށް ވަޑައިގަތުމަށް ދަންނަވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމް.އެން.ޑީ.އެފް އިން ބުނީ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު ވަނީ މީހުން ހުސްކުރެވިފައި ކަމަށެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން ދުންގަނޑު ފެތުރިފައިވާތީ، އެޗް.ޕީ.އޭ އިންވެސް ވަނީ އެކަމަށް ސަމާލުވުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު