އާދިއްތަ, November 1
ހުޅުމާލެ ސަހަރާގެ އިރުމަތީ ފަރާތު ސަރައްދުގައި ހުރި މަހާނަތައް ނަގަނީ

ހުޅުމާލެ ސަހަރާގެ ހިނަވާގޭގެ އިރުމަތީ ފަރާތު ސަރައްދުގައި ހުރި މަހާނަ ގާތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ސަހަރާ ހިނަވާ ގޭގެ އިރުމަތީ ފަރާތުގައި ގަބުރު ވަޅުލާފައި އޮންނަ ބަޔަށް ވެލިއަޅަން ބޭނުންވާތީ މި ސަރަހައްދުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވާ ކަަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި ހުރި މަހާނަ ގާތަށް ޖަހާފައިވާ ފަރާތްތަކުން އެ ގާތަށް ނަގައިގެން ގެންދަން ބޭނުންވާނަމަ އެފަދަ ފަރާތްތަކުން، އެ އިދާރާއާ ގުޅައިގެން، 19 ޑިސެމްބަރުގެ ކުރިން އެ މަހާނަ ގާތަށް ނަގައިގެން ގެންދިއުމަށް ވަނީ އަންގާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަހާނަ ގާތަށް ނަގަން ބޭނުންވާ ފަރާތްތަކުން ގުޅާނީ ނަންބަރު 7981730 ފޯނަށް ކަމަށެވެ.

ދީފައިވާ މުއްދަތުގައި ނުގެންދާ މަހާނަ ގާތައް، އެ އިދާރާގެ ފަރާތުން ނެގުމަށްފަހު އެ ގާތަށް ނައްތާލެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު