Tuesday, November 17
ދުމުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކުގައި އުޅޭއިރު ސަމާލުވާން އެދެފި

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންއަންނަ އިމާރާތުގައި ރޯވުމާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކަށް ދުމުގެ އަސަރުކޮށްފައިވާތީ، އެ ސަރަހައްދުތަކުގައި އުޅޭއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އެދިފިއެވެ.

މިގޮތުން އެޗް.ޕީ.އޭ އިން ވަނީ ކޮންމެހެން ނުކުަންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުމަށާއި، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށް އެދިފައެވެ.

އަދި ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށްވެސް އެޗް.ޕީ.އޭ އިން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗް.ޕީ.އޭ އިން ވަނީ، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ދުން ނުވަންނާނެހެން ބަންދުކުރުމަށާއި، ނޭވާ ކުރުވެ ނުވަތަ ނޭވާލާން އުނދަގޫވެ، ގަދައަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު