އާދިއްތަ, November 1
ގޭންގު ބިލު މަޖިލީހަށް ހުށަހަޅައިފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު، މުސްތަފާ ޙުސައިނެވެ.

މި ބިލުގައިވާ ގޮތުން ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމާއު ރައްކާތެރިކުރުމަށްޓަކައި، ކަމާގުޅޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ޤާއިމުކޮށް، ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ.

މިގޮތުން މި ޤާނޫނުން ހާސިލުކުރަން ބޭނުންވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

  • ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭ ގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ދިވެހިރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭ ގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ ޢަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުން
  • ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްޞަ ބާރުތަކެއް ދިނުން
  • ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ކުޑަކުދިންނާއި ޒުވާނުން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަންދީ، ހެޔޮ ގޮތުގައި މުޖުތަމަޢަށް ރުޖޫޢަވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ޚާއްޞަ ފިޔަވަޅުތައް އެޅުމުގެ އުޞޫލުތައް ކަނޑައެޅުން
  • ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ރައްޔިތުންނާއި މުޖުތަމާއު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭ ގޮތް މޮނިޓަރކޮށް، ފިޔަވަޅު އެޅޭނެ ޚާއްޞަ އުޞޫލުތައް ކަނޑައެޅުން

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު