Saturday, October 31
2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސަޢޫދީ ޢަރަބިއްޔާގައި

2034 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ބީލަން ސަޢޫދީ ޢަރަބިއްޔާއިން ކާމިޔާބު ކޮށްފިއެވެ.

މީގެ އިތުރުން، 2030 ވަނަ އަހަރުގެ މުބާރާތް އޮންނާނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައެވެ. ފީފާ ވޯލްޑް ކަޕަށް 100 އަހަރު ފުރުހުން ފާހަގަކުރުމުގެ ގޮތުން 2030 ވަނަ އަހަރުގެ މުބާރާތުގެ ތިން މެޗު އާޖެންޓީނާ އާއި ޕެރެގުއޭ އަދި އުރުގުއޭގައިވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ދެ މުބާރާތުގެ ހޯސްޓުން ޔަޤީންކުރެވިފައިވަނީ ބުދަ ދުވަހު ބޭއްވި އެކްސްޓްރާއޯޑިނަރީ ފީފާ ކޮންގްރެސް ބައްދަލުވުމުގައެވެ. ވީޑިއޯ މެދުވެރިކޮށް ފީފާގެ ހުރިހާ 211 މެންބަރު ޤައުމުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

ދެ މުބާރާތާއި 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މެޗުތަކުގެ ހޯސްޓުން އިޢުލާންކޮށްފައިވަނީ އެކަމަށްޓަކައި ވަކިވަކިން ނެގުނު ދެ ވޯޓަށް ފަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު