Tuesday, November 17
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ރޯވެއްޖެ

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ރޯވެއްޖެއެވެ.

އެމް.އެން.ޑީ.އެފް އިން ބުނީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުން އަންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. ނަމަވެސް، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަލިފާން ރޯވުމާ ގުޅިގެން ދުމުގެ އަސަރު މާލޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އެދިފައެވެ.

މި އަލިފާންގަނޑު ނިއްވާލުވުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާއިރު، އަދިވެސް އަލިފާންގަނޑު ކޮންޓްރޯލެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު