ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރުގެ އަނބިކަނބަލުން، ވަސީމާ މުޙައްމަދު ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ނަންފުޅުގައާއި، މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، މެންބަރު މުޙައްމަދު ރަޝީދުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މަރްޙޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން، މިކަމާ ގުޅިގެން ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުގެ ލޮބުވެތި އަނބިކަނބަލުން، ވަސީމާ މުޙައްމަދު ނިޔާވި ޚަބަރު އެހީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކުގައި ކަމަށެވެ.
"އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން، މާތްﷲ މައްޔިތާގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمين"، ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން