އާދިއްތަ, November 1
ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ޗަސްބިންތަކުގައި ގަވާއިދާ ޚިލާފަށް ދަނޑުވެރިކަން ކުރާތީ ފިޔަވަޅު އަޅަނީ

ފުވައްމުލަކު ސިޓީގައި ހިމާޔަތްކޮށްފައިވާ ޗަސްބިންތަކުގައި ގަވާއިދާ ޚިލާފަށް ދަނޑުވެރިކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ގަވާއިދާ ޚިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުން ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މި ކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ތަންތަނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ ގަވާއިދާ ޚިލާފަށް ޗަސްބިންތަކުގައި ބައެއް ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކަންކަމުގެ ތެރޭގައި:

ހުއްދަ ނުހޯދާ ބައެއް ފަރާތްތަކުން އައު ދަނޑުތައް ހެދުން.

ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ދަނޑުތައް ބޮޑުކުރުން.

ބައެއް ދަނޑުވެރިން ގަވާއިދާއި ޚިލާފަށް ދަނޑުތަކުގައި އަލިފާން ރޯކުރުން.

ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ވިނަ އާއި ބޮޑެތި ގަސްގަހާގެހި، ކޮށައި/ކަނޑައި/އަންދާ ނުވަތަ އެހެންވެސް ގޮތްގޮތަށް، މެރުން.

ހުއްދަ ހޯދުމަކާއި ނުލައި ގިނަ އަދަދަކަށް ކުނިއަޅައިގެން ޗަސްބިން ސަރަހައްދު ބެރުން.

އަލަ އޮޅު ބަރައިގެން ރުއް، ދޮންކެޔޮ ފަދަ އެހެނިހެން ގަސްތައް އިންދުން

ކައުންސިލުން ބުނީ މީގެކުރިން ވެސް ޗަސްބިމުގައި ގަވާއިދާއި ޚިލާފަށް ދަނޑުވެރިކަން ނުކުރުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މި ފަހަކަށް އައިސް ޗަސްބިން ސަރަހައްދު ތަކުގައި ގަވާއިދާއި ޚިލާފަށް އަލަ އޮޅުތައް ބެރުމާއި ގަސްގަހާގެހި ކޮށައި/ކަނޑައި/އަންދާ އަދި ދަނޑު ބޮޑުކުރާކަން ފާހަގަވެފައިވާތީވެ، މި ކަންތައްތައް ގާތުން ބަލައި ފިޔަވަޅު އަޅަމުން ދާނެކަން އާންމުކޮށް އަންގާ އިއުލާން ކުރާ ކަމަށެވެ.

ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މި ކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުގައި މި ބާވަތުގެ އެއްވެސް ކަމެއް ހިނގަމުން ދާކަން ފާހަގަ ކުރެވޭނަމަ، ފުވައްމުލަކު ނޭޗަރ ޕާރކު އޮފީހުގެ ފޯން 7590059 އަށް ރަސްމީ ގަޑީގައި ގުޅައިގެން ރިޕޯޓު ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު