Tuesday, November 10
ސްޕާތަކާއި، ސެލޫންފަދަ ތަންތަނުގައި ޚިދުމަތްދިނުމުގައި ސާފުތާހިރުކަން ހުންނަންވާ މިންގަނޑެއް އެކުލަވާލަނީ

ސްޕާތަކާއި، ސެލޫންފަދަ ތަންތަނުގައި ޚިދުމަތްދިނުމުގައި ސާފުތާހިރު ކަމުގެ މިންގަނޑު ދެމެހެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ސްޓޭންޑަޑެއް ތައްޔާރުކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެ އިދާރާއިން ވަނީ މި ގައިޑްލައިން ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓާކައި ގްރޭޓަރ މާލެ ސަރަޙައްދުގައި ޚިދުމަތް ދެމުންދާ ސްޕާތަކާއި ސެލޫން ފަދަ ތަންތަން އިންސްޕެކްޓް ކުރަން މިއަދު ފަށާފައެވެ. މި އިންސްޕެކްޝަން މިމަހުގެ19 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

މިއީ އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާ މިންގަނޑެކެވެ. އެގޮތުން މި އިންސްޕެކްޝަން ކުރިއަށް ދާއިރު އެފަދަ ތަންތަނަށް ޒިޔާރަތްކޮށް އެފަދަ ތަންތަނުގައި ސާފުތަހިރުކަމުގެ މިންގަނޑުތައް ދަމަހައްޓާގޮތް ދެނަގަތުމާއި އެފަރާތްތަކުގެ ޚިޔާލު މި އިންސްޕެކްޝަންގައި ހޯދާނެކަމަށެވެ.

އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކާބާތަކެތީގެ ޚިދުމަތްދޭ ތަންތަންވެސް އެޗްޕީއޭ އިން އިންސްޕެކްޓް ކުރެއެވެ. ދޭތެރެ ދޭތެރެއިން އެފަދަ މިންގަނޑުތަކަށް ނެތް ތަންތަން ވަގުތީގޮތުން ބަންދުކޮށް އެފަދަ ކަންކަން ހައްލުކުރުމަށް ފުރުޞަތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު