އާދިއްތަ, November 1
މީރާއަށް އައްޔަންކުރަން ނަން ފޮނުވާފައިވާ ބޭފުޅުންނާ ގުޅޭ ގޮތުން ޝަކުވާއަށް ހުށަހަޅަން ދިން މުއްދަތު އަވަސްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު އަވަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މީރާގެ ބޯޑަށް ބޭފުޅަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ބޭފުޅުންނާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު މިއަދު 18:00 ގެ ނިޔަލަށް އަވަސްކުރަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

1. ދަހާ ޝުޢައިބު، ހ.ކެރީބިއަން
2.ޢަބްދުﷲ އިމްރާން، މާލަމް/ރ.ހުޅުދުއްފާރު
3.މަޚްޒޫމް ސަލީމް، ޝަބްނަމްގެ/ކ.ކާށިދޫ
4.އާމިނަތު ޢާފިޔާ، ދަފުތަރު ނަންބަރު ރސ 13462

މި ބޭފުޅުންނާމެދު ޝަކުވާއެއްވާނަމަ، ދީފައިވާ ސުންގަޑީގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް economic.affairs_committee@majlis.gov.mv އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު