Saturday, October 31
މަސްވެރިންގެ ގުންޒަރު 2024 ފަށައިފި

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އާ ގުޅިގެން އިންތިޒާމުކުރާ "މަސްވެރިންގެ ގުންޒަރު 2024" ފަށައިފިއެވެ.

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި ބާއްވާ މަސްވެރިންގެ ގުންޒަރު ހުޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މިއަހަރުގެ ގުންޒަރުގައި ރާއްޖޭގެ އެކި އަތޮޅުތަކުން މަސްވެރިންނާއި މަސްވެރިކަމާ ގުޅުން ހުރި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މި އަހަރުގެ ގުންޒަރުގައި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ޙައްލު ކުރުމަށާއި، މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ އަދި ކުރިއަށް ރޭވިފައިވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރެއެރުވުމުގެ މަޤުޞަދުގައި ބާއްވާ މި ފޯރަމް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު