Monday, November 16
އައްޑޫގެ ގާލްގައިޑު ދަރިވަރުންތަކަކަށް ޓްރެފިކް އެޑިޔުކޭޝަން ސެޝަނެއް ހިންގައިފި

އައްޑޫ ސިޓީގެ ތިން ސްކޫލެއްގެ ގާލްގައިޑު ދަރިވަރުންނަށް ޓްރެފިކް އެޑިޔުކޭޝަން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މަހު 7 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަނުން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ފޭދޫ ސްކޫލާއި ހިތަދޫގެ ސްކޫލުގެ އިތުރުން އިރުޝާދިއްޔާ ސްކޫލުގެ ގާލްގައިޑުންނަށެވެ.

މި ސެޝަނުގައި ޓްރެފިކް އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާ އަދި މަގުމަތީގައި އުޅޭއިރު ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެން ހުރި ކަންކަމުގެ އިތުރުން ބައިސްކަލު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

އޭގެ އިތުރުން، ޓްރެފިކް ނިޝާންތަކުން އަންގައިދޭ ކަންކަމާއި ޓްރެފިކް ނިޝާންތަކަށް ބެލުމެއްނެތި އުޅަނދު ދުއްވުމުން ނުކުމެދާނެ ނަތީޖާތަކާ ގުޅޭގޮތުން ވެސް މި ސެޝަންގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ ގަން ޕޮލިސްގެ ރެސްޕޮންސް އެންޑް ޕެޓްރޯލްގެ ފުލުހުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު