އާދިއްތަ, November 1
މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ

މާލޭ މޭރީ ބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދު 11:48 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށް، އަލިފާން ނިއްވާލާފައި ކަމަށެވެ.

އަލިފާން ނިއްވާލެވުނީ މިއަދު 12:56 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައިވެސް މާލޭގައި ވަނީ ކާރެއްގައި ރޯކޮށްލާފައެވެ. އެގޮތުން މާލޭހިޔާ ޕާކިންޒޯންގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލާ، މިމައްސަލާގައި ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު