އާދިއްތަ, November 1
ފޮޓޯ: މިހާރު

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެމްއެންޑީއެފް އިން އިއުލާން ކޮށްފިއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ހަރަކާތް އޮންނާނީ މިރޭ 20:30 ގައެވެ.

އަދި މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ މި ހަރަކާތް ކުރިއަށް ދާނީ 2 މިނެޓެއް ހާއިރު ކަމަށެވެ.

ތަފާތު މުނާސަބަތުތަކުގައި މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު