ސީރިޔާގެ ރައީސް ބަޝާރު އަލް-އަސަދު ވެރިކަމުން ވައްޓާލި ސީރިޔާގެ ހަނގުރާމަވެރިން އެ ޤައުމަށް ވަގުތީ ބޮޑުވަޒީރެއް ޢައްޔަންކޮށްފިއެވެ.
ވަގުތީ ބޮޑުވަޒީރުގެ މަޤާމަށް އައްޔަންކުރީ ސިރިޔާގެ އިދްލިބް ޕްރޮވިންސްގައި ހަޔާތު ތަޙްރީރު އައްޝާމްގެ ދަށުން ހިންގި ޑީ ފެކްޓޯ ސަރުކާރުގެ އިސްވެރިޔާއަށް ވެސް ހުންނެވި އަލް-ބަޝީރުއެވެ. 1 މާރޗް 2025 ގެ ނިޔަލަށް ސީރިޔާގެ ވަގުތީ ސަރުކާރު ހިންގެވުމާއި ހަވާލުވެ ހުންނަވާނީ ބަޝީރުއެވެ.
މި މަޤާމަށް އިސްވުމުގެ ކުރިން ބަޝީރު ވަނީ އަސަދުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އިސް ވެރިންނާ އިދްލިބާއި ވަށައިގެންވާ ސަރަޙައްދުތަކުގެ އިދާރީ ވެރިންނަށް ދަޢުވަތު ދީގެން، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ސީރިޔާގެ ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ޤާނޫނީ ނިޒާމެއް ޤާއިމްކުރެވެންދެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފަސޭހަކުރުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށެވެ.
މި ލިޔުން ކިޔާލުމުން