Saturday, October 31
އެންމެ ބަރު މަސްބޭނި މަސްވެރިޔާ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަރުމަހުގެ މަސްވެރިކަން ކުރުމަށް ހާބަރުތަކެއް ހެދުމަށް ނިންމަވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ބޭއްވި މަސްރޭހުގެ ނިންމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މި ހާބަރުތައް ހެދުމަށް ބޭނުންވާ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހާބަރުތައް ހެދިގެންދާއިރު އެ ތަންތަނުގައި ސްޕޯޓްސް ފިޝިންގް އަށް ޚާއްޞަ ތަންތަން ހުންނާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިތަންތަނުގައި ރާއްޖޭގައި ފަރުމަސްވެރިކަން ކުރާ ކޮމިއުނިޓީގެ އިތުރުން ރާއްޖެއަކީ ހަމައެކަނި މޫދާ ދޮންވެލީގެ ރީތިކަން ދެކިލަން ޓޫރިސްޓުން އަންނަ ތަނެއްގެ އިތުރުން ސްޕޯޓްސް ފިޝިންގް އަށްވެސް ޓޫރިސްޓުން ޝައުޤުވެރިކުރުވާ ތަނަކަށް ވާނެކަމަށެވެ.

" އިރާދަކުރެއްވިއްޔާ މިހާބަރުތައް ހެދުމުން ޓޫރިސްޓުން ގެ ޝައުޤުވެރިކަން އިތުރުވެ، މި ގެނެވޭ ޑައިވާރސިފިކޭޝަން ބަދަލަކީ ޓޫރިސްޓުން އިތުވާ ކޮމްޕޯނަންޓަކަށްވެ އިގްތިޞޯދަށް އޭގެ އަސަރު ކުރުވާނެ ސެކްޓަރ އަކަށް ވެގެންދާނެ" މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިހާރު ހުރި ދަތިތައް އެނގިވަދައިގަންނަވާކަމަށެވެ. އެފަދަ ހާބަރެއް މާލެ ސަރަހައްދުގައި ހެދިއްޖެނަމަ މިހާރު ހުރި ދަތިތަކަށް ހައްލުއަންނާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ދިޔަ މަސްރޭހުން އެއްވަނަ އަށް ދިޔައީ އެމް.އޭ.ސީއެލްގެ ފުލާޒް ޓީމް އެވެ. ދެވަނަ އަށް ދިޔައީ އުރީދޫގެ ޗިލް ބުރޯޒް ޓީމް އަދި ތިންވަނަ އަށް ދިޔައީ އެސްޓީއޯގެ ޓީމެވެ. އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެވަނަ ޓީމަށް 20،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 15،000 ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ ބަރު މަސްބާނައިގެން ދެހާސް ރުފިޔާގެ އިނާމު ހޯދާފައިވަނީ އެމް.ޕީ.އެލް ގެ މުޙާއްމަދު އިނާޙް އެވެ. އެމަހުގައި 7.2 ކިލޯ ގްރާމް ހުރިއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން އިއްޔެ ވަނީ ކުޑަކުދިންގެ ހަވީރަކާއި ފެއަރ އެއްވެސް ބާއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު