Saturday, November 14
އިންސާނީ ހައްޤުތަކަށް އިޙްތިރާމް ކުރަން މީހުންގެ ވިސްނުމާ ފިކުރަށް ބަދަލު ގެންނަންޖެހޭ

އިންސާނީ ޙައްގުތަކަށް އިޙްތިރާމް ކުރުން ފަދަ އަޚްލާޤް ތަކަކީ ހަމައެކަނި ޤާނޫނު ތަކަކުން ކުރެވޭނެ ކަމެއް ކަމަށް ދެކޭ ދެކުން މާޒީވެ ގޮސްފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީގައި ރޭ ބެއްވި ޖަލްސާގައި ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ، އިންސާނީ ޙައްޤުތަކަކީ، އިންސާނުންގެ ދިރިއުޅުމާއި އެމީހުންގެ ވިސްނުމަށް އަންނަ ބަދަލު އޭގެ އެންމެ މުހިންމު ދައުރުއަދާކުރާ އެއްކަން ކަމަށެވެ.

"މީހުންގެ ވިސްނުމާއި ފިކުރަށް ބަދަލުއައިސްގެން ނޫނީ އަޅުގަނޑުމެން މިފަދަ ކަންކަމުގައި ހާސިލްކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭނެ" ނާޒިމް ވިދާޅުވި އެވެ.

ވަކި ވަކި އިންސާނުންގެ ހައްގުތަކަށް އިޙްތިރާމްކުރާ ފަދައިން މުޅި ދައުލަތް ދައުލަތެއްގެ ގޮތުގައި އެއޮތް ރައިޓްސް ތަކަށްވެސް އިހްތިރާމްކުރަން އެނގިގެން ނޫނީ މި ނިޒާމް ދަމަހައްޓަން ދަތިވާނެ ކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތަކުން ވިސްނަންޖެހޭ ކަންކަމަށް ބަލާއިރު، ޤަނޫނު ތަންފީޒު ކުރުމަށްވުރެ މީހުންގެ ވިސްނުން ބަދަކުކުރަންޖެހޭކަމަށް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވިއެވެ.

"ދުނިޔޭގެ ބޮޑެތި މިފަދަ ނިޒާމްތަކަށް ބަދަލުގެންނަން މަސައްކަތް ކުރަން ބޭނުން ވެއްޖެ ކަމަށްވަންޏާ އެމުޖުތަމަޢުގައި އުޅޭމީހުން ގެ ވިސްނުމާއި ފިކުރު އެމަގުން ހިނގާނެގޮތަށް އެބަ ބައްޓަންކުރަންޖެހޭ. އެކަން ނުކޮށް ކިތަންމެ ވަރަކަށް ޤާނޫނު ހަދައިގެން އޮބިއަޅައިގެން މީހުން ހިފަހައްޓާ ހައްޔަރުކޮށްގެން މިފަދަ ކަންކަން ހާސިލްނުވާނެ" ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތަކުން މިފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާއި އައްޑޫ ސިޓީ ގެ އިދާރާތަކާއި އެކި އެކި އޮފީސްތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު