Saturday, November 14
ޖެނުއަރީ 15 އިން ފެށިގެން ތައިލޭންޑް އަދި ޑުބާއީ އިން އާސަންދަ ހަމަޖެހޭނެ

އާސަންދައިގެ ދަށުން ދުބާއީ އަދި ތައިލޭންޑުން ޚިދުމަތް ދިނުމަށް އެދެގަޢުމު ގެ 3 ހޮސްޕިޓަލަކާ އެކު މިއަދު ސޮއިކޮށްފިއެވެ.

އެއީ  ޑުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ، ތައިލޭންޑްގެ ދަ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލެވެ.

އާސަންދައިން މައުލޫމާތު ދިން ގޮތުގައި އަންނަ މަހުން ފެށިގެން މި ހޮސްޕިޓަލްތަކުން ޚިދުމަތް ދޭން ފަށާނެއެވެ.

" މި 3 ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުމުން، ކަނޑައެޅޭ އުސޫލްގެ ތެރެއިން، އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ" އާސަންދަ ކުންފުނިން ބުންނެވެ.

ދުބާއީގެ އެއް ހޮސްޕިޓަލް އަދި ބެންކޮކްގެ ދެ ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އެވެ. އެ ހޮސްޕިޓަލުތަކުން ސޮއިކުރެއްވީ އިސްވެރިންނެވެ.

އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ޚިދްމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު