Saturday, November 14
ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް މަރަދޫގައި ހުޅުވައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އައްޑޫ ސިޓީ މަރަދޫގައި ހުޅުވައި، މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދު ބޭއްވި ޚާއްސަކޮށް ރަސްމިއްޔާތެއްގައި، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ، އައްޑޫ ސިޓީގައި މި ހުޅުވިގެންދިޔަ އޮފީހުގެ ސަބަބުން ވިޔަފާރިތައް ފުޅާވެ، އެކްސްޕޯޓާއި އިމްޕޯޓު ކުރާ މިންވަރު އިތުރުވަމުން އަންނައިރު ހެޑް އޮފީހުގެ ސަބަބުން ކަސްޓަމްސްއިން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް އިތުރަށް ތަރައްގީވާނެ ކަމަށެވެ.

މީގެއިތުރުން އަލަށް ހުޅުވުނު ކަސްޓަމްސް އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"މިސަރަހައްދުގެ ގިނަ ޑޮކިއުމެންޓޭޝަން މަސައްކަތް ކުރުމަށް މިއޮފީސް ބައްޓަން ވެގެންދަނީ. ކުރިއަށް އޮތްތާ އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މުޅި ރާއްޖޭގައިވެސް ކަސްޓަމްސް ބައެއް ޚިދުމަތްތައް ދެވޭ ވަރުގެ އޮފީހަކަށް މިއޮފީސް ވެގެން އައުން" މިނިސްޓަރ ވިދާޅުވިއެވެ.

ކަސްޓަމްސް އައު އޮފީސް އިމާރާތުގައި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައިގެ އިތުރުން، ކްލާސްރޫމްތަކާއި ކޮންފަރެންސް ހޯލަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވަނީ ޤާއިމްކޮށްފައެވެ. މިވަގުތު ކަސްޓަމްސްގެ ޚިދުމަތް އައްޑޫގައި ދެމުންދަނީ ގަމުގެ ވައިގެ ބަނދަރާއި ހިތަދޫ ޕޯޓް ލިމިޓެޑްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ އިތުރުން އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު