އާދިއްތަ, November 1
ގޮށްމުށުގެ ބާރު ދައްކަން މަސައްކަތް ކުރާ ޕާޓީއަކަށް އެމްޑީޕީ ވެއްޖެ

އެމްޑީޕީއަކީ މިއަދު ގޮށްމުށުގެ ބާރު ދައްކަން މަސައްކަތް ކުރާ ޕާޓީއަކަށް ވެފައިވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ގެއްލުނު ހުރިހާ ފަހަރެއްގަ މަސައްކަތްކޮށްފައި އޮތީ މަގުމަތި ހަލަބޮލިކޮށް، މާރާމަރީ އަށް ހިތްވަރުދީ، ގައުމުގެ ދާޚިލީ މަސްލަހަތު ނަގާލައި ރައްޔިތުންގެ ތެރޭ ފިތުން ފަސާދަ އުފައްދަން ކަމަށެވެ.

ޒިންމާދާރުކަމާއިއެކު ސިޔާސީ ހަރަކާތް ހިންގައި، ބިނާކުރުވަނިވި ފާޑުކިޔާ ސަރުކާރު ޒިންމާދާރުކުރަން ނޭނގުމަކީ ޑިމޮކްރަސީއާއި އަދިވެސް އެމްޑީޕީ ބީރައްޓެހި ފަރިތަނޫންކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

ނަމުގައި ޑިމޮކްރަސީއަށް ފައްކާ، ކަމުގައި ގޮށްމުށުގެ ބާރު ދައްކަން މަސައްކަތް ކުރާ ޕާޓީއަކަށް އެމްޑީޕީ ވެއްޖެ.

'"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން"' މި ނަމުގައި އެމްޑީޕީން މިރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، އެ ޖަލްސާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވަނީ ޕޯޑިއަމެއްގައި ރާއްޖޭގެ ތާރީޚުގައި ހިނގާފައި ހުރި ކަންތައްތައް ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންނަށް ދެރަދިނީމާ ހަދަން ޖެހޭނީ ހަމަ ކުރީގެ ރައީސް މުޙައްމަދު އަމީނަށް ހެދިހެން ކަމަށެވެ.

'"ރައްޔިތުންނަށް އަނިޔާވެެރިވަންޏާމު ހަމަ ދިވެހި ތާރީޚުގެ ފޮތްތަކުން ދިވެހި ރައްޔިތުން ކުޅޭނީ."' ރައީސް ޑރ. މުޢިއްޒަށް އިޝާރަތްކުރައްވައި ނުސީދާ ގޮތެއްގައި އޭނާ ވިދާޅުވެފައިވެއެވެ.

މިއީ ޓެރަރިޒަމަށް ހިތްވަރުދީ، ލޭއޮހޮރުވަން ގޮވާލުން ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު