Saturday, October 31
ތަފާތުކުރުމެއްނެތި ރައްޔިތުންގެ އަސާސީ ހައްގުތަށް ކަށަވަރުކޮށްދޭނަން - ރައީސް

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރާއިރު، މި ދުވަސް ހަނދާންކޮށްދެނީ އެކަކު އަނެކެއްގެ ހައްގުތައް ގުޅިފައިވާކަން ކަމަށާއި އެހެން މީހުންގެ މިނިވަންކަމަށް ވަކާލާތުކުރުމަކީ އަމިއްލަ މިނިވަންކަން ދިފާއުކުރުމަށް ވެސް މުހިންމު ކަމެއްކަން ހަނދާންކޮށްދޭ ދުވަހެއް ކަމަށް ރައީސުލްޖުމުޙުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އިންސާނީ ޙައްގުތަކުގެ ދުވަހާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވާނެކަމަށެވެ.

މީގެ އިތުރުން މިނިވަންކަމަށް ވަކާލާތު ކުރުމަކީ އަމިއްލަ މިނިވަންކަން ދިފާޢުކުރުމަކީ މީގެ 75 އަހަރުކުރިން އެކުލަވައިލެވުނު ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެ ވެސް ރޫހު ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެމުޢާހަދާގައިވާ ރޫހާ އެއްގޮތަށް ރާއްޖެ އަބަދުވެސް ދެމިއޮންނާނީ އަބުރުވެރިކަމާއި، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ އަސާސްގެ މައްޗަށް ހިމެނޭ ޑިމޮކްރަސީއެއް ބިނާކުރުމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތާއި، ތައުލީމާއި، ޢަދުލު އިންސާފު ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ލިބޭ، އަމާން ހުރިހާ ރައްޔިތުން ޝާމިލުވާ މުޖުތަމައުއެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުން ދެމި އޮންނާނީ ނޫސްވެރިކަމުގެ މިނިވަންކަމާއި މަސައްކަތްތެރިންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަމުގެ އިތުރުން ދެމެހެއްޓެނިވި ވެއްޓެއް ދަމަހައްޓައި އަންނަން އޮތް ޖީލުތަކަށް ޔަގީންކޮށްދިނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު