Saturday, November 21
ހޯރަފުށިން ހައްޔަރުކުރި މީހާއަށް އަނިޔާކުރި ކަމުގެ ޝަކުވާއެއް ލިބިފައި ނުވޭ: ފުލުހުން

ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނަށް ގެންދިޔަ މީހަކަށް އަނިޔާކުރިކަމުގެ ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ މިހެން ބުނެފައިވަނީ ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ މީހަކަށް ފުލުހުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާދިން ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށެވެ.

އެގޮތުން ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދީ، ބިރު ދައްކައި، ހަޑި ހުތުރު ބަހުން މުޢާމަލާތް ކުރި ކަމުގެ ތުހުމަތުގައި ނޮވެންބަރު 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި 30 އަހަރުގެ ފިރިހެނަކު ހޯރަފުށިން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ނޮވެންބަރު 28 ވަނަ ދުވަހު ކޯޓަށް ހާޟިރުކުރުމުން، ކޯޓުން ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހައްޔަރުކުރި މީހާއަށް ފުލުހުންގެ ބަންދުގައި ހުރި އިރު އަނިޔާކުރި ކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ ކަމެއްގެ ޝަކުވާއެއް އޮތްނަމަ، އެ އޮންނަ އުޞޫލުގެ ތެރެއިން ހުށަހަޅައިގެން ބެލުމަކީ އެ ޚިދުމަތުން ބާރު އަޅާ ކަމެއް ކަމަށާއި، އެފަދަ ތަޙުޤީޤުތަކަށް އެ ޚިދުމަތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު