ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޒު އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޗެއަރޕަރސަން، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދުރޭ ވިދާޅުވީ، މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމެއް ކަމަށާއި، އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަޤާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން. މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއްކަމެއް.ޢަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެ. pic.twitter.com/bVfzeBku5n
— Abdul Raheem Abdulla (@Banafsaa) December 9, 2024
އަދުރޭ މިހެން ވިދާޅުވިއިރު، މި މައްސަލަ ތަޙުޤީޤު ކުރުމަށް ގޮވާލައި ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު، ޙަސަން މުފީދު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށްވާއިރު، މީހަކު ބުނާ ބުނުކަމުން އަދި ކުރާ ޢަމަލަކުން ޓެރަރިޒަމަށް ހިތްވަރު ލިބިދޭ ކަމަށް އާންމުންނަށް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން، އެމް.ޑީ.ޕީން ކުރި އެ ޢަމަލަކީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވައި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ކުރި ޢަމަލެއް ކަމަށް ވިދާޅުވެ، މުފީދު ވަނީ އެ މައްސަލަ ތަޙުޤީޤުކޮށް ދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން